Ref: 2025/PR/127
ޖޯޑަންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް، އައިމަން ސަފާދީ އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީ:
"ޖޯޑަންގެ މިނިވަންދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ޖޯޑަންގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދެ ޤައުމުގެ ދެމެދުގައިވާ އުފެދިފައިވާ ގިނަ ދުވަސްތަކެއްގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަމެވެ.
މި ފުރުޞަތުގައި މަނިކުފާނަށާއި ޖޯޑަންގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތާއި، ދެމިގެންވާ ސުލްޙައާއި، ކުރިއެރުމާއި އަދި ފާގަތިކަން އެދެމެވެ.
އަޅުގަނޑު މަނިކުފާނައަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ