Ref: 2024/PR/235
ޖެމެއިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ކަމިނާ ޖޯންސަން ސްމިތު އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޖެމެއިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، ކަމަނާ އާއި ޖެމެއިކާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި ޖެމެއިކާ އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ޖެމެއިކާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ އަގު ވަޒަންކޮށް، ދެޤައުމު ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިވުމަކީ އަޅުގަނޑުމެންގެ އެއް އުއްމީދެކެވެ.
ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި ޖެމެއިކާގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަދި، ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ