ޚަބަރު

ޖަޕާން ސަރުކާރުގެ އެހީގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންއިން ކުރިއަށް ގެންދާ "ސްޓްރެންތެނިންގ ކެޕޭސިޓީ އޮފް ބޯޑަރ ކޮންޓްރޯލް ފޮރ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫޢު ޚާރިޖީ ވަޒީރު އިފްތިތާހްކޮށްދެއްވައި

Ref: 2024/PR/348

ޖަޕާން ސަރުކާރުގެ އެހީގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް.) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދާ "ސްޓްރެންތެނިންގ ކެޕޭސިޓީ އޮފް ބޯޑަރ ކޮންޓްރޯލް ފޮރ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫޢުގެ ތަކެތި ހަވާލުކުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޚާރޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

މި މަޝްރޫޢުގެ ސަބަބުން  ޕޮއިންޓް އޮފް އެންޓްރީގައި ފަތުރުވެރިންގެ ހެލްތު ރައްކާތެރިކަމާއެކު ސްކްރީން ކުރުމަށް މަގުފަހިވެ، ފިޒިކަލް ކޮންޓެކްޓް ޕޮއިންޓްސް މަދުކޮށް، މަޑުކުރަންޖެހޭ ގަޑި އަދި ތޮއްޖެހުން މަދުކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުފަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫއިން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭނެކަމާއި މިއީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ފިޔަވަޅެއް ކަމުގައި ދެންނެވިއެވެ. އަދި ރާއްޖެ އާއި ޖަޕާނާއި އައިއޯއެމް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ސަބަބުން އާންމު ސިއްހަތުގެ އޮނިގަނޑުގެ ތެރެއިން އިތުބާރު އަދި ގާބިލްކަން އުފެއްދުމުގެ މުހިންމުކަން ހާމަކޮށްދޭކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އައި.އޯ.އެމް.ގެ  ގެ ޗީފް އޮފް މިޝަން ކްރިސްޓިން ޕާކޯ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗީ މިދޯރީ، އާއި ސަރުކާރާއި މި ޕްރޮޖެކްޓުގައި ހިމެނޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960