Ref: 2024/PR/255
އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ރެޓްނޯ ލެސްޓާރީ ޕްރިއަންސަރީ މަރްސުޑީ އަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"އިންޑޮނޭޝިއާގެ 79 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ކަމަނާއަށާއި އިންޑޮނޭޝިއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާއި ދެމެދުގައިވާ ޒަމާންވީ އެކުވިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމާއިއެކު، އެކުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަމެވެ. މިފުރުސަތުގައި ކަމަނާއަށް ދުޅަހެޔޮ ސިއްހަތާއި އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."
ނިމުނީ