Ref: 2025/PR/13
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފިއެވެ.
މިނިސްޓަރުގެ މެސެޖް ތިރީގައި މި ވަނީއެވެ.
" އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށެވެ.
ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުންނެވެ. މިގޮތުން، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާ ވެގެންދަނީ ދިވެހިރާއްޖެއަށް ނަމޫނާ ޤައުމަކަށެވެ.
ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަން ހާމަކޮށްދެނީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވައި ގާތްކަމާއި، ދެއްވާ އެހީތެރިކަމުންނެވެ. ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާކަމަށްވީ ހިނދު، މިކަމުންވެސް ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދެއެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއިއެކު ޖުމްހޫރީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި، އިންޑިއާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް، އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދެމެވެ."
ނިމުނީ