ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
Featured

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Ref: 2025/PR/342

އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ތަރައްގީކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ހިޒް އެކްސެލަންސީ ޝްރީ ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ އަރިހަށް އެމަނިކުފާނު އިޚްތިރާމްގެ ޒިޔާރަތެއްކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން އާވެސް ބައްދަލުކުރެއްވިއެވެ. 

މި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއި ބައްދަލުވުންތައް އަމާޒުކުރެވިފައިވަނީ، ދެ ޤައުމުގެ ދޭތެރޭ އޮތް ދަތުރުފަތުރުގެ ގުޅުން އިތުރަށްފުޅާކޮށް، ފަންނީ ތަޖުރިބާ ބަދަލުކުރުމާއި، އިންވެސްޓްމަންޓް ގެނައުމަށް ފުރުޞަތުތައްފަހި ކުރުމަށެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ވަނީ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ހިންގާގޮތް ދެނެގަތުމަށް، ނޫވިލު ސީޕްލޭން ޓަރމިނަލްއަށް ޒިޔާރަތެއްވެސް ކުރައްވާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަންއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވެފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އަލްފާޟިލް މުޙައްމަދު އަމީންއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960