Ref: 2024/PR/259
ހަންގޭރީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާޓޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހަންގޭރީގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ހަންގޭރީގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ.
ދިވެހިރާއްޖެއާއި ހަންގޭރީ އާ ދެމެދުގައިވަނީ ހެޔޮއެދުމާއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ރަޙްމަތްތެރިކަމެކެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަށް އަޅުގަނޑަށް އޮތްކަށް ދަންނަވަމެވެ.
އަދި، މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.