ޚަބަރު

ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

Ref: 2025/PR/3

 މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޙަލީލް އިންޑިއާއަށް ކުރެއްވި ފުރަތަމަރަސްމީ ދަތުރުފުޅު ނިންމަވާލައްވަވައި މިއަދު ނިއުދިއްލީއިން ފުރާވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރ ޑރ. ޚަލީލް ބައްދަލުކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.  

އަދި، ދިވެހިރާއްޖެއަށް މި ވަގުތު ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވަމުން ގެންދަވައި އެހީތެރިކަމަށްމިނިސްޓަރ ޑރ. ޙަލީލް ޝުކުރުއަދާކުރައްވައި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. 

މި ދަތުރުފުޅުގައި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ފޭސް 3ގެ ފަހުމުނާގައި ދެމިނިސްޓަރުން ސޮއިކުރެއްވިއެވެ. މި ޕްރޮޖެކްޓްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ. 

އަދި، މިނިސްޓަރ ޑރ. ޚަލީލް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެހައިކޮމިޝަނަށް ވެސް މި ދަތުރުފުޅުގައި ޒިޔާރަތްކުރެއްވިއެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960