ޚަބަރު

‏އެލް ސަލްވަޑޯރގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/293

އެލް ސަލްވަޑޯރގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހުއަނާ އެލެކްޒެންޑްރާ ހިލް ޓިނޯކޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި އެލް ސަލްވަޑޯރގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

އެލް ސަލްވަޑޯރ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ވާ ރަޙްމަތްތެރި ކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ ދުނިޔޭގައި ދެ ޤައުމުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައްވެސް އިތުރުވެގެންދާނެ ކަން އަޅުގަނޑަށް ޔަޤީނެވެ.

‏‎ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި އެލް ސަލްވަޑޯރގެ ރައްޔިތުންނަށް ސުލްހަޔާއި ކުރިއެރުން ލިބުމަށް އަޅުގަނޑު އެދެމެވެ.

‏‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960