ޚަބަރު

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކާއި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
Featured

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކާއި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

Ref: 2025/PR/222

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު ދާއިރާތަކުން ފަހުމުނާމާތަކާއި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައިވަނީ ތިރީގައި ބަޔާންކޮށްފައި މިވާ ފަހުމުނާމާތަކުގައެވެ.

1. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް ވެވޭ އެއްބަސްވުން
2. އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާއިދެމެދު އަމްބްރެލާ ލައިން އޮފް ކްރެޑިޓް (565 މިިލިއަން ޑޮލަރު – އިންޑިއާ ފައިސާއިން) އެއްބަސްވުން
3. އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާއިދެމެދު ވެވޭ ފަސްޓް އެމެންޑެޓަރީ ޑޮލަރ ކްރެޑިޓް ލައިން އެގްރީމަންޓް
4. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ، އެންޑް ޑެއިރީއިން އާއެކު މަސްވެރިކަމާއި އެކުއާކަލްޗަރގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ވެވޭ އެއްބަސްވުން
5. އިންޑިއަން ފާމަކޯޕިއާ ކޮމިޝަން، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރ އާއެކު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފާމަކޯޕިއާ ކޯޕަރޭޝަން
6. އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޓްރޮލޮޖީ، މިނިސްޓްރީ އޮފް އަރތް ސައިންސަސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އާއި މޯލްޑިވްސް މެޓްރޮލޮޖިކަލް ސަރވިސަސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓް އާއެކު މެޓްރޮލޮޖީ، އެޓްމެޮސްފެރިކް ސައިންސަސް، ކްލައިމެޓް ސައިންސަސް، އަދި އެންވަރަމަންޓް މޮނިޓަރިންގގެ ދާއިރާއިން އެއްބާރުލުމަށް ވެވޭ އެއްބަސްވުން
7. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއެކު ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން އެއްބާރުލުމަށް ވެވޭ އެއްބަސްވުން
8. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއެކު ނެޓްވަރކް-ޓު-ނެޓްވަރކް ކްރޮސް ބޯޑަރ ރެމިޓަންސް ފެށުމަށް ވެވޭ އެއްބަސްވުން

މިއެއްބަސްވުންތަކުގައި ސޮއިކުރެވުނީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

https://presidency.gov.mv/Press/Article/34397?term=0

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960