ޚަބަރު

ދިވެހިރާއްޖެއާއި ބުރުންޑީއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ސަރުކާރާއި ބުރުންޑީ ސަރުކާރާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

'އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން، ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ. އަދި ހަމަ އެފަދައިން ބުރުންޑީގެ ރައްޔިތުނަށްންވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.

މިއަދު ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަލްފާޟިލާ ތިލްމީޒާ ހުސައިން އެވެ. ބުރުންޑީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ޒެފްރިން މަނިރަތަންގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާއިމީ މަންދޫބު ތިލްމީޒާ ވިދާޅުވީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބުރުންޑީ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށާއި މިއަދު ސޮއިކުރެވުނު ވިސާ ވެއިވަރ އެގްރިމެންޓްއާއެކު ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960