ޚަބަރު

ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/375

ބޫޓާން ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޓަރނަލް ޓްރޭޑް، ލިއޮންޕޯ ޑީ. އެން. ދުންގްޔެލް އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު، ޑރ. ޚަލީލުގެ މި ތަހުނިޔާ މެސެޖުގައި ބޫޓާން ގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އެ މަނިކުފާނާއި، އެ ޤައުމުގެ ސަރުކާރާއި އަދި ރައްޔިތުންނަށް އަރިސް ކުރެއްވިއެވެ. 


އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންތައްތަކުގައި އާއި ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާލިބޭނެ ކަންތައްތަކުގައި، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. 

އަދި މި މެސެޖުގައި، ޚާރިޖީ ވަޒީރު ވަނީ ބޫޓާންގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޚަތަކާއި އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ، ބޫޓާން އާއި ބޫޓާން ގެ ރައްޔިތުންނަށް ވެސް އިތުރު ކުރިއެރުމާއި ސުލްހަ އާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. 
 
ނިމުނީ 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960