ޚަބަރު

ބްރޫނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ އަރިސްކުރައްވައިފި

‏‎Ref: 2025/PR/49

ބްރޫނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އޮނަރަބަލް ދާތޯ އެރުވަން ޔޮސޮފް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާ އަރިސްކުރައްވާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

‏‎އެމަނިކުފާނުގެ ސިޓީފުޅުގައި، ބްރޫނާއީގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބާގައި، ބުރޫނާއީގެ ޚާރިޖީ ވަޒީރަށާއި، ބްރޫނާއީގެ ސަރުކާރަށް އަދި އެޤައުމުގެ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

 އަދި ދިވެހިރާއްޖެ އާ ބްރޫނާއީ އާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮންނަ ގާތް ގުޅުމެއްކަމާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960