Ref: 2024/PR/210
ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ހާޖާ ލަބީބް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކަމަނާއަށާއި ބެލްޖިއަމްގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައިހުރި މުހިންމު ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ކަންތައްތަކާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކަންކުރަމެވެ.
އަދި ބެލްޖިއަމްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، ކަމަނާއަށް ހެޔޮ އެދުންތައް އަރިސްކުރަމެވެ. އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.