ޚަބަރު

‎‏‎އަރްމީނިއާ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/307

އަރްމީނިއާ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަރާރަޓް މިރްޒޮޔަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‎‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎“ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި މަނިކުފާނަށާއި އަރްމީނިއާ ސަރުކާރަށާއި ރައްޔިތުންނަށް، އަރްމީނިއާގެ  މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް، ދިވެހިރާއްޖެ އާއި އަރްމީނިއާއާ ދެޤައުމުގެ ދެމެދުގައި އޮތް  ގާތް ގުޅުން ދެ ގައުމުގެ ރައްޔިތުންގެ ތަނަވަސްކަމާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. 


‎‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ  ބޭނުންކުރީމެވެ."

‎ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960