Ref: 2024/PR/148
މޮޒަމްބީކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ވެރޯނިކާ ނެތޭނިއަލް މެކަމޯ ޑްލޯވޯއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"މޮޒަމްބީކްގެ މިނިވަން ދުވަހުގެ އުފާވެރި މުނާޞަބަތުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް، ކަމަނާއަށާއި މޮޒަމްބީކްގެ ސަރުކާރަށް އަދި ރައްޔިތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި އުއްމީދަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެގެން ދިޔުމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުޞަތުގެ ބޭނުންކުރީމެވެ."