ޖުލައި 26 ، 2017

 ދިވެހިރާއްޖޭގެ 52ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިއަށްދާ އެކިއެކި އިޙްތިފާލްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެވަޑައިގެން  ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުންގެޝަރަފުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު ޢާޞިމް، ހެނދުނުގެ ޚާއްސަ ނާސްތާއެއް ދެއްވައިފިއެވެ. މިއަދު ހެނދުނު ސިޓްރޮން ރެސްޓޯރެންޓްގައި ބޭއްވި މި ނާސްތާގައި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ،  ދިވެހި ދައުލަތުގެ ބައެއް  ސަފީރުންނާއި، ފޮރިން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

26 ޖުލައި 2017

"ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާޞަބަޠާ ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ.

26 ޖުލައި 2017

"ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ 4 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވިފައިވާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަތާ ގުޅިގެން މިއަދު ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައެވެ.

26 ޖުލައި 2017

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ "deadlock" އަކަށް ކަމަށާއި، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުން ދިވެހި ޤައުމުގެ ރައީސަކަށް ހުންނަ މީހާ، އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށް އެކުލަވާލެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

26 ޖުލައި 2017

"މިއަދު ދިވެހި ޤައުމު މިއޮތީ، އެތެރޭގެ ހަފޮޅު ގިރާކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ ސަފުތައް ތަރުތީބުކޮށްފައި. ބޭރުގެ ފަންނުވެރިންނާއި މާހިރުންނާއެކު ވާދަކުރަން ނުކުމެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.