މިންތީގެ ހަމަހަމަކަން

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް 2023-2025ވަނަ އަހަރަށް ހޮވިފައިވާ މެމްބަރެއްގެ ހައިސިއްޔަތުން މިންތީގެ ހަމަހަމަކަމާއި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ ދިވެހިރާއްޖެއިން އެންމެ އިސްކަންދޭ އެއް ކަމެވެ. ދިވެހިރާއްޖެއިން ޤަބޫލުކުރާ ގޮތުގައި އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަމަކީ ދުނިޔޭގެ ކުރިއެރުމަށާއި އަމާން, ފާގަތި އަދި ދެމެހެއްޓެނިވި ދުނިޔެއަކަށް ކޮންމެހެންވެސް ޙާސިލުކުރަންޖެހޭ ކަންކަމެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ އާއި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭގޮތުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހާއި ޢާއްމު މަޖިލީހުގައި މިހާތަނަށް ދީފައިވާ ގުޅިފައިވާ ބަޔާންތަކާއި ހުށަހެޅިފައިވާ އެތަކެއް ރެޒޮލިއުޝަނެއް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960