އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒްއެކްސެލެންސީ މިސްޓަރ ޖޭމްސް ޑޯރިއަސް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވިންސެންޓް ވިވެންޓްސިއޯ ޓީ. ބަންޑިލޯ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ އާސިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.

 

ދިވެހިރާއްޖޭގެ 52 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުލަގަދަ ހަފްލާއެއް ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ފާހަގަކޮށްފިއެވެ. އަދި ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވެހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން ޖަރުމަނުވިލާތައް ކަނޑައަޅުއްވަވާފައިވާ ހުންނަވާ ސަފީރު އަލްފާޟިލާ ޖަމީލާ އަލީ ޚާލިދު، ޖަރުމަނުވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހިރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޖޭ.ޑަބްލިޔު. މެރިއޮޓް ހޮޓެލްގެ ބޯލްރޫމްގައި ބޭއްވި މިހަފްލާ ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ މިނިސްޓަރ އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ނާއިބް ދި އޮނަރަބަލް ދާތުކް ވީރާ ޑރ. އަބޫ ބަކަރ މުހައްމަދު ދިއާއެވެ. މިރަސްމިއްޔާތު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ހަފްލާގެ ޝަރަފްވެރި މެހެމާނާއި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުހައްމަދު ފަހުމީ ހަސަން ހާއްސަ ދުއާއެއް ދެއްނެވުމެވެ.

ޖުލައި 2017 26

ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 ވަނަ އަހަރު ފުރޭ މުނަސަބާ ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ދިވެހި ޤައުމީ ދިދަނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު 09.00 ގައި ބޭއްވުނެވެ. މިރަސްމިއްޔާތުގައި ދިވެހި އެމްބަސީގެ މުވައްޒަފުންނާއި، ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ ގެ މުވައްޒަފުންނާއި ސްރީލަންކާގައި ކިޔަވަންތިބި ދިވެހި ކިޔަވާ ކުދިންނާއި ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ބައެއް ދިވެހި ރައްޔިތުން ބައިވެވަޑައިގެންނެވިއެވެ.