ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޑިސްޓިންގުއިޝްޑް ސްޕީކަރ ސީރީޒްގެ ތެރެއިން، މިއަދު ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާރޑް) ސައިދު ޚަވާރ އަލީ ޝާހް ވަނީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތް ގުޅުމުގެ ތެރެއިން އެމަނިކުފާނަށް ފާހަގަކޮށްލެވޭ މުހިންމު ކަންތައްތައް ހިއްސާކުރައްވާފައެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މރ. އަކިލޭޝް މިޝްރާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޕާކިސްތާނުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސަޢީދް ޚަވާރް ޢަލީ ޝާހް، އެ މަނިކުފާނުގެ ސަފީރުކަމުގެ މުއްދަތު ހަމަކުރައްވައި މި ހިނގާ އޮކްޓޯބަރު މަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ވަދާޢީ މެންދުރުގެ ފަރިއްކޮޅެއް މިއަދު ދެއްވައިފިއެވެ.

އިނގިރޭސިވިލާތުގެ އެއަރޕޯޓްތަކާއި ޔޫރަޕުގެ ބައެއް ޚާއްސަ ބަނދަރުތަކުގައި ޤާއިމުކޮށްފައިވާ "ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސް"ގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ އިތުރުކޮށް އިނގިރޭސިވިލާތުގެ ސަރުކާރުން އެކަން އިއުލާންކޮށްފިއެވެ. މި ޚިދުމަތަކީ އިނގިރޭސިވިލާތަށާއި ޔޫރަޕުގެ ބައެއް ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވަރަށް ބޭނުންތެރި އަދި ލުއިފަސޭހަކަމާއެކު ޤައުމުތަކަށް އެތެރެވުމަށް ބޭނުންކުރެވޭނެ މުހިންމު ޚިދުމަތެކެވެ.

މި ސެޕްޓެމްބަރު މަހުގެ 11އިން 29 އަށް ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 36 ވަނަ ސެޝަން (ހިއުމަން ރައިޓްސް ކައުންސިލްގެ 36 ވަނަ ސެޝަން)  މިއަދު ނިމިއްޖެއެވެ.