ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މރ. އަކިލޭޝް މިޝްރާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެޤައުމުގެ ގާތްގުޅުމަށް އަލި އަޅުއްވާލައްވައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ސަރަޙައްދީ ފެންވަރުގައާއި ބައިނަލްްއަޤްވާމީ ފެންވަރުގައި ދެޤައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އާސިމް އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ (ބައިލެޓްރަލް) އަލްފާޟިލް އަޙުމަދު ޚަލީލް އަދި ޖޮއިންޓް ސެކްރެޓަރީ، އަލްފާޟިލާ އައިޝަތު އަޒީމާ ބައިވެރިވެވަޑައިގެންނެވިއެވެ.