ެމެލޭޝިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ނަން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލެންސީ ވަން ޒައިދީ ވަން އަބްދުﷲ ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވ.

 މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުވުމުގައި، ދެޤައުމު ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މެލޭޝިޔާއަކީ ރާއްޖޭގެ ތަރައްޤީއަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މިނިސްޓަރ އާސިމް ވަނީ ތައުލީމާއި ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށާއި ޒުވާނުން ކުރިއެރުވުމަށް ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

 މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ، އަލްފާޟިލް އިބްރާހިމް ޝަހީބް އާއި އެސިސްޓެންޓް ޑިރެކްޓަރ، އަލްފާޟިލް އަހުމަދު ސުޒިލް ‏ބައިވެރިވެވަޑައިގެންނެވިއެވެ.