10 އޮގަސްޓް 2017، މާލެ،

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 2017 ވަނަ އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މިޑް-ޓަރމް ރިވިއުއެއް ބޭއްވީ، މި އަހަރުގެ ތެރޭގައި މިހާތަނަށް ޕްލޭންއިން ހާސިލްވެފައިވާ ކަންތައްތައް ބަލައި، ކުރިއަށް ހުރި ކަންތައްތައް ފާހަގަކޮށް، އެ ކަންތައްތައް ހާސިލްކުރުމަށްޓަކައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު މަޝްވަރާކުރުމަށްޓަކައެވެ.

2017 ވަނަ އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މިޑް-ޓަރމް ރިވިއު ބާއްވާފައިވަނީ ދެ ހަފްތާގެ މުއްދަތަށް ޑިޕާޓްމަންޓްތަކާއި މިޝަންތަކާ ހިމެނޭގޮތަށް. މި ރިވިއުގެ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ކުރިއަށް ހުރި ކަންތައްތައް ރޭވުމަށްޓަކައި މިނިސްޓްރީގެ ޑިޕާޓްމަންޓުތަކާއި ޑިވިޜަންތަކުގެ ވެރިންގެ މެދުގައި މިއަދު ވަނީ ވެލިޑޭޝަން ވަރކްޝޮޕެއް ބާއްވާފައި. މި ވަރކްޝޮޕް ޗެެއަރ ކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުހަންމަދު އާސިމެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 2017 ވަނަ އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މިޑް-ޓަރމް ރިވިއު ވިލަރެސްކޮށްފައިވަނީ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓާއި ފޮރިން ސަރވިސް އިންސްޓްޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިންނެވެ.

ނިމުނީ