1 އޯގަސްޓް 2017 ، މާލެ

އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ، ގުޖުރާތް، އަރުނާޗަލް ޕްރަދޭޝް، އައްސާމް، އޮޑިއްޝާ އަދި ބިހާރުގައި ފެން ބޮޑުވުމާ ގުޅިގެން، އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދަނޑުބިންތައް ހަލާކުވެފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހަރ އެކްސަލެންސީ ސުޝްމާ ސުވަރާޖްއަށް މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ އެ މެސެޖުގައި  މި ޚަބަރު އައްސަވާފައިވަނީ ކުއްލި ސިހުމަކާއި ފުން ހިތާމަ އާއި އެކުގައި ކަމަށާއި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނިޔާވި ފަރާތްތަކުގެ ޢާއިލާ އަށާއި އަދި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ.