25 ޖުލައި 2017

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ޕާކިސްތާން އޮން މެޓަރސް ރިލޭޓިންގ ޓު ޓުއަރިޒަމް" ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، ޕާކިސްތާން ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ޗައުދަރީ އަބްދުލްޤަފޫރު ޚާނެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި، ޕާކިސްތާނުގެ ފޮރިން ސަރވިސް އެކެޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އެންޑް ދަ ފޮރިން ސަރވިސް އެކެޑަމީ އޮފް ޕާކިސްތާން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޕާކިސްތާނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ސަރުތާޖް ޢަޒީޒްއެވެ.

މޯލްޑިވްސް - ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އޮން ދަ މެޓަރސް އޮފް އަ މޯލްޑިވްސް – ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލް ބިޓްވީން ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ދަ ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބަރ އޮފް ކޮމަރސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފް.ޕީ.ސީ.ސީ.އައި)ގެ ރައީސް މިސްޓަރ ޒުބައިރު ފާރިދު ތުފެއިލެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑްސް އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އޮފް ޕާކިސްތާން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސަޢީދު ޚަވާރު ޢަލީ ޝާޙެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޕާކިސްތާނުގެ ވަރޗުއަލް ޔުނިވަރސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އެންޑް ދަ ވަރޗުއަލް ޔުނިވަރސިޓީ އޮފް ޕާކިސްތާން" ގައި ސޮއިކުރެއްވީ ދިވެހި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފާއި، ވަރޗުއަލް ޔުނިވަރސިޓީ އޮފް ޕާކިސްތާންގެ ރެކްޓަރ ޑޮކްޓަރ ނަވީދު އަޙްމަދު މަލިކެވެ.

ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް އެންޑް ދަ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީ، ޕާކިސްތާން" ގައި ސޮއި ކުރެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމާއި، ޕާކިސްތާންގެ ނެޝަނަލް މެނޭޖްމަންޓް ކޮލެޖުގެ ޑީން މިސްޓަރ ނައީމް އަސްލަމްއެވެ.