ޖޯޑަންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު، ޖޯޑަންގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް، ހިޒް އެކްސެލެންސީ އައިމަން އަލް ސަފަދީ އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި ޖޯޑަންގެ ސަރުކާރާއި ރައްޔިތުންނަށް ތަޙުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ ޖޯޑަން އާއި ދެމެދު އޮންނަ ގާތް ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.