މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި 17 މާރިޗު 2020 ވީ އަންގާރަދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މެލޭޝިޔާއިން ވައިގެމަގުން ސީދާ ދަތުރުކުރާ ފަސިންޖަރުންނާއި، މިދިޔަ 14 ދުވަހު ތެރޭގައި މެލޭޝިޔާއަށް ޓްރާންސިޓްކޮށް ނުވަރަ ޒިޔާރަތްކޮށްފައިވާ ފަސިންޖަރުން ދިވެހިރާއްޖެއަށް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ދިވެހި ސަރުކާރުން ވަނީ ނިންމަވާފައެވެ.

ނަމަވެސް، މެލޭޝިޔާއިން ދަތުރުކުރާ އަދި ޓްރާންސިޓްކުރާ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި ދެންނެވީމެވެ. އަދި މެލޭޝިޔާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން 14 ދުވަހު ކަރަންޓީނުގައި މަޑުކުރައްވަންޖެހޭނެކަމުގައި ދެންނެވީމެވެ.