ކޯވިޑް-19 އާ ގުޅިގެން އަންނަނިވި ގައުމުތަކުންނާއި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުނުކުރެވޭގޮތަށް ދިވެހި ސަރުކާރުން ވަނީ ނިންމަވާފައެވެ.
1. ޗައިނާ (4 ފެބްރުއަރީ 2020 ފެށިގެން)
2. އިރާން (26 ފެބްރުއަރީ 2020 ފެށިގެން)
3. ދެކުނު ކޮރެއާގެ އުތުރު އަދި ދެކުނު ޖިޔޮންސެންގް ޕްރޮވިންސް (3 މާޗް 2020 ފެށިގެން)
4. އިޓަލީ (8 މާޗް 2020 ފެށިގެން)
5. ބަންގްލަދޭޝް (10 މާޗް ން 24 މާޗް 2020 އަށް)

ނަމަވެސް، މި މި ގައުމުތަކުންނާއި ސަރަހައްދުތަކުން ދަތުރުކުރާ އަދި ޓްރާންސިޓްކުރާ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި ދެންނެވީމެވެ. އަދި އިސްވެދެންނެވުނު ޤައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ދިވެހިންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން 14 ދުވަހު ކަރަންޓީނުގައި މަޑުކުރައްވަންޖެހޭނެކަމުގައި ދެންނެވީމެވެ.