އިރާން ގައި ނޮވެލް ކޮރޯނާ ވައިރަސް (ކޯވިޑް-19) ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން އިރާނަށް ދަތުރުނުކުރުމަށް އިލްތިމާސްކުރަމެވެ. 

މި ވަގުތު އިރާންގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން މި މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރަމެވެ. މީގެ އިތުރުން އިރާނުގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް އެދެމެވެ.