ކުވެއިތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ކުވެއިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޝެއިޙް ޑރ. އަހްމަދް ނާސިރް އަލް މުހައްމަދް އަލް އަހްމަދް އަލް ޖާބިރް އަލް ޞަބާޙް އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި ކުވެއިތު ސަރުކާރާއި ރައްޔިތުންނަށް ތަޙުނިޔާ އާއި ހެޔޮ ދުއާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ ކުވެއިތުއާއި ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.