މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް، އެމަނިކުފާނު އިންޑޮނޭޝިޔާއަށް ކުރެއްވި ތިންދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ގެ މި ދަތުރުފުޅުގައި، އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރ، ހަރ އެކްސަލަންސީ ރެޓްނޯ މަސްސުދީ އާ ބައްދަލުކުރައްވާ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން ޓުއަރިޒަމް، ފިޝަރީޒް، ކަނެކްޓިވިޓީ، ޓެކްނިކަލް ކޯޕަރޭޝަންގެ ދާއިރާއިން މަސައްކަތްކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗައް މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މަޝްރަހުގައި، ހާއްސަކޮން އދ ގެ ތެރެއިން ދެޤައުމު އެކުގައި މަސަތްކަތް ކުރުމާމެދު މަޝްވަރާކުރައްވާފައި ވެއެވެ.

22 ޖޫން 2017. މާލެ،

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުހައްމަދު އާސިމް އިންޑޮނޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑޮނޭޝިޔާގެ ޓޫރިޒަމް މިނިސްޓަރ، ހިޒް އެކްސެލެންސީ އާރިފް ޔަހްޔާ އާއި ބައްދަލުކުރައްވާފިއެވެ.

އިންޑޮނީޝިޔާގެ ޓުއަރިޒަމް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވުނު މި ބައްދަލުވުމުގައި ޓުއަރިޒަމް ދާއިރާއިން ދެޤައުމު އެކުގައި މަސަތްކަތްކުރެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރެގިވެން ދިޔައެވެ. މީގެ އިތުރުން ދެ މިނިސްޓަރުންވެސް ދެޤައުމުގެ ޓުއަރިޒަމް ދާއިރާ ހަރުދަނާ / ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާ، ދެޤައުމު ފަސޭހައިން ގުޅުވާލެވުންމީ ޓުއަރިޒަމް އަށާއި ޓުއަރިޒަމާ ގުޅިގެން އުފެދޭ ވިޔަފާރިއަށް މަގުފަހިވާނެ ކަމެއްކަމުގައި ފާހަގަކުރައްވަވާފައި ވެއެވެ.

21 ޖޫން 2017. މާލެ،

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުހައްމަދު އާސިމް އިންޑޮނޭޝިޔާގެ މިނިސްޓަރ ފޯރ މެރިޓައިމް އެންޑް ފިޝަރީޒް، ހަރ އެކްސަލަންސީ ސުސީ ޕުދިއާސުޓީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފިޝަރީޒްގެ ދާއިރާއިން ދެޤައުމުގެ ގުޅިގެން މަސައްކަތް ކުރުމާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. ބައްދަލުވުމަށްފަހު އިންޑޮނޭޝިޔާގައި ޤާއިމް ކުރެވިފައިވާ އޮންލައިން ވެސަލް މޮނިޓަރިންގް ސިސްޓާމްގެ ޓުއާރއެއް އެމިނިސްޓްރީއިން ދެއްވާފައި ވެއެވެ.

އިންޑޮނޭޝިޔާގެ  މިނިސްޓްރީ ފޯރ މެރިޓައިމް އެންޑް ފިޝަރީޒްގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ސެކްރެޓަރީ ބައިލެޓްރަލް އަލްފާޟިލް އަހުމަދު ޙަލީލް، އަދި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަހުމަދު ސުޒިލް ބައިވެރިވެވަޑައިގެންނެވިއެވެ.

________________

21 ޖޫން 2017. މާލެ،

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުހައްމަދު އާސިމް އިންޑޮނޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރ، ހަރ އެކްސަލަންސީ ރެޓްނޯ މަރސުދީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދު އޮންނަ އެކުވެރިގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރަށްވަވާފައިވެއެވެ. މިގޮތުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ތަޢުލީމާއި، މަސްވެރިކަމާއި އަދި ދެޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރަށް ޙަރުދަނާ ކުރުމާމެދު މަޝްވަރާ ކުރައްވަވާފައިވެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މަޝްރަހުގައި، ހާއްސަކޮށް އދ ގެ ތެރެއިން ދެޤައުމު އެކުގައި މަސަތްކަތްކުރުމާއި މެދު މަޝްވަރާކުރަށްވަވާފައި ވެއެވެ.

އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ސެކްރެޓަރީ ބައިލެޓްރަލް އަލްފާޟިލް އަހުމަދު ޙަލީލް، އަދި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަހުމަދު ސުޒިލް ބައިވެރިވެވަޑައިގެންނެވިއެވެ.

13 ޖޫން 2017، މާލެ:

ބަންގްލަދޭޝް އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް، އެންޖީޕީ، އެންޑީސީ، އެންސީސީ، ޕީއެސްސީ، ބީއެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.