މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ހަފްލާއެއްގައި ދަ ފޮރިން ސަރިވިސް އިންސްޓްޓިއުޓު (ފޮސިމް) ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރުއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ޝަރީފްއެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ ވަފުދަކަށް ދިވެހި ސަރުކާރުން މިއަދު މަރުޙަބާ ކިޔައިފިއެވެ.

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް، ސަފީރުކަމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނައަށް މިއަދު އަރުއްވައިފިއެވެ.

 

އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނައަށް  އެރުއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ސްރީލަންކާގެ ޕްރެސިޑެންޓްސް ހައުސްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

މި ރަސްމިއްޔާތައްފަހު ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް ސަފީރަށް ތަހުނިޔާ ދަންނަވައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސްރީލަންކާއަކީ އެތައް ހާސް ދިވެހިން އަމިއްލަ ވަޒަން ކަމުގައި ދެކޭ، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްރީލަންކާއާއި ދިވެހިރާއްޖޭގެ ގުޅުން، ޚާއްޞަކޮށް އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

 

ސަފީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، އެމަނިކުފާނުގެ ސަފީރުކަމުގައި އެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަޙަނިޔާ އެމަނިކުފާނު ދެންނެވިއެވެ. މީގެ އިތުރުން ސްރީލަންކާއަކީ ވަރަށް ގިނަ ގޮތްގޮތުން އެމަނިކުފާނާއި ދިވެހި ދައުލަތުގެ ވަރަށް ގިނަ ބޭފުޅުންނާ ގުޅުން ހުރި ގައުމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިޤްތިޞާދީގޮތުން މިހާރުވެސް ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

 

މި ރަސްމިއްޔާތުގައި ސަފީރު އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފްގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ އަލްފާޟިލާ ޚަދީޖާ ނަޖީހާއެވެ.

 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު ކަމުގެ ފަތްކޮޅު، އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފަށް އެރުވީ 6 ސެޕްޓެމްބަރ 2017 ގައެވެ.

 

އޮކްޓޯބަރ 2017  23ކޮޅުނބު،

އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރަމުންދާ ދިވެހިންނާއި، އިންޑިއާގެ ތަފާތު ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާގުޅޭގޮތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި މި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި "ކޮންސިއުލަރ ޓޯކްސް" ގެ ނަމުގައި އިންޑިއާގައި ބޭއްވޭ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަފްދެއް އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.

އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 2018 އިން 2020 ގެ ދައުރަށް މެންބަރުން ހޮވުމަށް، 16 އޮކްޓޯބަރ 2017 ގައި އދ. ގެ ޢާއްމު މަޖިލީހުގައި، ބޭއްވި އިންތިޚާބާ ގުޅޭގޮތުން ދިވެހި މީޑިޔާގައި ފެތުރެމުންދާ، ޙަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅޭގޮތުން، ކަންހިނގާފައިވާ ގޮތް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.