ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، މާފަންނު ކޮތަންމާގޭ މުޙައްމަދު ޙުސައިން ޝަރީފު ޢައްޔަނުކުރައްވައިފިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެންބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަދި އެތައް ބައެއް ގެއްލިފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލެންސީ ރޭމަންޑް ޝިބަންޑާ ޓުގަމުލޮންގާ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިނގިރޭސިވިލާތުގެ އެމްބަސީއާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ދިވެހިރާއްޖޭގައި ގާއިމްކުރާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރގައި މާދަމާ ޙިދުމަތްދޭން ފަށާނެއެވެ. މިސެންޓަރގައި ޙިދުމަތްދޭ ގަޑިތަކަކީ، 16 އަދި 17 އޯގަސްޓް 2017 ގެ ހެނދުނު 09:00 އިން ހަވީރު 17:00 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

އިންޑިއާގެ  މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހަރ އެކްސަލެންސީ ސުޝްމާ ސުވަރާޖްއަށް މެސެޖެއް ފޮނުއްވައިފިއެވެ.