ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޑިސްޓިންގުއިޝްޑް ސްޕީކަރ ސީރީޒްގައި، ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ކުރިން ހުންެނެވި ސަފީރު އަދި މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް ޒާހިޔާ ޒަރީރު، ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތުގެ މައިދާނުން އެކަމަނާއަށް ދަސްވެވަޑައިގެންނެވި، ޚާރިޖީ ދާއިރާގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅުންނަށް މުހިންމު ގިނަ ފިލާވަޅުތަކެއް މިއަދު ހިއްސާކުރައްވައިފިއެވެ.

ދަ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ ސްޓޭކްހޯޑަރ އެވެއާންސް ޕްރޮގްރާމްގެ ދަށުން އިންތިޒާމުކޮށްގެން މިނިސްޓްރި އޮފް ޖެންޑަރ އެންޑް ފެމިލީގެ މުވައްޒަފުންނަށް ކޮމިއުނިކޭޝަންސް އަދި ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

 • ދިވެހިންގެ އުއްމީދަކީ އ.ދ ޖަމްޢިއްޔާއަކީ ކުދި ޤައުމުތަކުގެ އަޑު އަހާ ކުދި ޤައުމުތަކަށް ލާބައާއި މަންފާވާ ގޮތެއްގެ މަތިން ކަންތައްތަކެއް ނިންމާ އަދި ހަމަ އެހެންމެ އެކަންތައް ހިންގާ ޖަމްޢިއްޔާއަކަށްވުން. ވައުދުވާ އަދި ވައުދު ފުއްދާ ޖަމްޢިއްޔާއަކަށްވުން.
 • އ.ދ ޖަމްޢިއްޔާއާމެދު ދިވެހިން ކުރަމުންދާ އުންމީދު ތައް ބިނާވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށް. އެއީ ޤައުމީ ފުދުންތެރިކަމުގެ ސިޔާސަތު. އިޤްތިޞާދީ ފުދުންތެރިކަމުގެ ސިޔާސަތު. އިޖްތިމާޢީ ފުދުންތެރި ކަމުގެ ސިޔާސަތު. ސިޔާސީ ގޮތުން ފުދުންތެރި ޤައުމަކަށްވުމުގެ ސިޔާސަތު. ތިމާވެށީގެ ގޮތުން ރައްކާތެރިކަން ލިބިފައިވާ ޤައުމަކަށް ދިވެހިރާއްޖެ ވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް. ދިވެހިރާއްޖެއިން ވާސިލުވާން ބޭނުންވާ މަންޒިލަކީ މި ދެންނެވި ފަދަ ސިޔާސަތުތަކުގެ މައްޗައް ބިނާވެފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢެއް.
 • މިދެންނެވިފަދަ ބައިނަލްއަޤްވާމީ މުޖުތަމަޢަކީ ދުނިޔޭގެ ހުރިހާފަރުދުންނަށްވެސް ހަމަޖެހުމާއި ރައްކާތެރިކަން ހަމަހަމަގޮތެއްގައި ލިބިދޭ މުޖުތަމަޢެއް. އަންހެނުންނާއި، ފިރިހެނުންނާއި، އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް ހިތްހަމަޖެހުމާއި އުފަލުގައި އުޅެވޭނެމަގު ފަހިކޮށްދޭނެ މުޖުތަމަޢެއް.
 • ފަލަޞްޠީނުގައި، ފަލަޞްޠީނުގެ އަމިއްލަ ދައުލަތެއް ޤާއިމް ކުރެވި، އެދައުލަތުގެ ވެރި ރަށެއްގެގޮތުގައި ޤުދުސް ހިމަނައި، ފަލަޞްޠީނުގެ މިނިވަންކަމާއި ސިޔާދަތު ޤާއިމު ކުރެވެންޖެހޭ.
 • ސީރިއާގައި ހިނގާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަންޖެހޭ.
 • ހަނގުރާމަތަކުގެ ސަބަބުން ވަޒަން ދޫކޮށް ދާ ރެފިއުޖީންގެ ސަލާމަތާ ރައްކާތެރިކަން ޔަޤީން ކޮށްދެވެންޖެހޭ.
 • ނަސްލީ ނުވަތަ ޤައުމީ ނުވަތަ އެނޫން ގޮތްގޮތުންވެސް އެކި ފަރުދުންގެ މެދުގައި ކުރެވޭ ތަފާތުތައް ނައްތާލެވެންޖެހޭ.
 • ބަރުމާގެ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ޤަތުލު ޢާއްމުތައް މިހާރުން މިހާރަށް ހުއްޓާލައި، އެމީހުންނާމެދު ހިންގާ ނަސްލީ ތަފާތު ކުރުންތައް މިހާރުން މިހާރަށް ހުއްޓާލެވެންޖެހޭ. އަދި ހަމަ އެހެންމެ މިޖަރީމާތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ.
 • ޓެރަރިޒަމާއި ދީނީގޮތުން ހައްދުފަހަނައަޅައިގޮސް ހިންގާ ޖަރީމާތަކާއި، ވަކިން ޚާއްސަކޮށް ދާއިޝް ކިޔާ ޖަމާޢަތުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ހުރިހާ ޤައުމަކުން އެއްބާރުލައި މަސައްކަތްކުރަންޖެހޭ. ދިވެހިރާއްޖެއިން ވަނީ ޓެރަރިޒަމާއި ދެކޮޅަށް ވަރަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ފަށާފައި. ޓެރަރިޒަމާއި ދެކޮޅަށް ހިންގާ މަސައްކަތްތައް ބައްޓަންކޮށް ވިލަރެސް ކުރުމަށްޓަކައި މިދިޔަ އަހަރު ރާއްޖޭގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ޤާއިމްކޮށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި.
 • އުތުރު ކޮރެއާއިން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ބެލިސްޓިކް މިސައިލާއި ނުރައްކާތެރި ހަތިޔާރު ޓެސްޓުކޮށް ހިންގާ ޢަމަލުތައް ދިވެހިރާއްޖެއިން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރޭ.
 • މަޝްވަރާއަށާއި ބައިނަލްއަޤްވާމީ ގުޅުމުގެ ތެރެއިން މި މައްސަލަ ހައްލުކޮށް، ހަނގުރާމައިގެ ބަދަލުގައި ޞުލްހަ އިސްކުރުމަށް އުތުރު ކޮރެއާއަށް ގޮވާލަން.
 • ދިވެހި މުޖުތަމައުގައި އިންސާނީ ހައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމް ކުރުމަށްޓަކައި ދިވެހި ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް އެފަދަ ސަޤާފަތެއް ޤާއިމްކުރެވިގެން ދިއުމަކީ ދިވެހިރާއްޖެއިން ކުރާ އުއްމީދެއް.
 • މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކޮށް، ޢުމުރުން ދުވަސްވީ މީހުނަށް އަބުރުވެރިކަމާއެކު އުޅެވޭނެ ރައްކާރެތި މާޙައުލެއް ޤާއިމުކުރުމުގެ ގިނަ މަސައްކަތްތަކެއްވަނީ ކާމިޔާބުކަމާއެކު ހިންގާފައި.
 • ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއިންވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި. މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދެވޭނެ ނިޒާމެއް ކާމިޔާބުކަމާއެކު ވަނީ ހިންގާފައި.
 • ދިވެހިރާއްޖެއަކީ މިހާރު ތަރައްޤީވެފައިވާ ޤައުމުތަކުގެ މެދުފަންތީގެ ޤައުމެއް. ތަރައްޤީގެ މަރުޙަލާގެ މިދަރަޖައިގެ ޤައުމުތަކަށް، މާލީގޮތުން ލިބެން ހުންނަ ވަޞީލަތްތައްދަނީ ބަންދުވަމުން. ތަރައްޤީގެ މަގުގައި މިޤައުމުތަކަށް އިތުރަށް ކުރިއަށް ދެވޭނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާއާއި އެހީތެރިކަން ލިބިގެން.
 • ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އެއްނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އުފެދޭ ނުރައްކާތައް. މިނުރައްކާތައް އެންމެ ބޮޑަށް ކުރިމަތިވެ އެންމެ ބޮޑަަށް ގެއްލުންވެގެންދާނީ ކުދިޖަޒީރާ ޤައުމުތަކަށް. މިހެންވެ، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް އިސްސަފުގައި ޙަރަކާތްތެރިވާނެ.
 • ކަނޑުތަކުގެ މުއްސަނދިކަމާއި ކަނޑުތަކުގެ ދިރުން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ޒިންމާއެއް. ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ދެ ޞިނާޢަތުކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން ބިނާވެފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމުގެ މައްޗަށް. މިހެންވެ، ކަނޑުތަކުގެ ދިރުން އާލާކޮށް، ކަނޑުތަކުގެ ޤުދުރަތީ މުއްސަނދިކަން ޙިމާޔަތްކޮށް، ކަނޑުތަކުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އިޤްތިޞާދު ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ.
 • ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރަތަމަ ނިންމުމަކީ އދ. ގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ނިންމި ނިންމުން. އެއީ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކާއި ބައިނަލްއަޤުވާމީ މައްސަލަތަކަށް މަޝްވަރާކޮށްގެން ޙައްލު ހޯދުމަށް އިސްކަންދިނުމުގެ ސިޔާސަތަށް ދިވެހިރާއްޖެއިން ތާއީދުކޮށް އެ ސިޔާސަތު ކުރިއެރުވުމަށް ކަނޑައެޅި ޢަޒުމް. ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުންވެސް އެޤައުމަކަށް ފެންނަ ޚިޔާލު ހުށަހަޅައި ޙައްލު ހޯދުމަށް ފުރުސަތު ހުޅުވައި، އެފުރުޞަތުތައް ރައްކާތެރިކޮށްދޭ ތަނަކީ އދ. ޖަމްޢިއްޔާ.
 • ޤައުމެއްގެ ބޭނުންތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހިފޭނީ އެޤައުމެއްގެ ކުޑަ ބޮޑުމިނުގެ ނިސްބަތަކުންނެއް ނޫން. ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލު ކުރުމަށް އެޤައުމަކުން ކޮށްދެވޭނެ ކަންތައްތަކެއްގެ މައްޗަށް.
 • އިއްޔެ ނޫން އިހަށްދުވަހަކީ އދ. ގެ މެމްބަރަކަށް ރާއްޖެވީތާ 52އަހަރު ފުރުނު ދުވަސް. ވޭތުވެދިޔަ ބައިޤަރުނުގެތެރޭގައި ދިވެހިރާއްޖެއިންވަނީ އދ.ގެ މަޤްސަދުތައް ކުރިއަރުވައި ނަގަހައްޓައި، ދަމަހައްޓާފައި. އަދި ކުރިމަގުގައި މިޖަމްޢިއްޔާގެ މަޤްޞަދުތައް ހާޞިލުކުރުމަށް ކުރެވެމުންދާ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ ސާބިތުކަމާއެކު ދެމިތިބުމަށް ދިވެހިންވަނީ ކަނޑައަޅާފައި. އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ދިވެހިރާއްޖެއިން ކުރިމަތިލީ މިޢަޒުމުގައި. ދިވެހިރާއްޖެއިން ޤަބޫލުކުރާގޮތުގައި އދ.ގެ ހަމަ ކޮންމެ މެމްބަރަކަށްވެސް ސަލާމަތީ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ފުރުސަތު އޮންނަންޖެހޭނެ. އަދި އެއީ ހަމަހަމަ ފުރުސަތަކަށްވެސް ވާންޖެހޭނެ.
 • މިއަދު ރާއްޖެއިން ފަޚުރުވެރިވަނީ އދ.ގައި ރާއްޖެއަށްވެސް ކުރެވިދާނެ ގިނަ އާ ކަންތައްތަކެއް ހުރި ކަމަށް ޤަބޫލުކުރެވޭތީ. ކަންކަމާމެދު ވިސްނާނެ އާ ގޮތްތަކާއި ޚިޔާލާއި، ހިތްވަރާއި ފަންވަރު އަދި އާ ގޮތްތަކެއް އދ.އަށް ރާއްޖެއިން ހުށައެޅޭނެތީ.
 • ޤައުމުތައް ގުޅިގެން ކުރަމުންމިދާ މަސައްކަތް ކާމިޔާބުވެ، ދުނިޔޭގެ އެންމެން ދެކެންބޭނުންވާ މަންޒަރު ފެންނާނީ މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަތުގުޅާލައިގެން ކުރިމަތިލާ ގޮތެއްގެ ސަބަބުން. ރާއްޖެއިން މި އޮތީ މި މަސައްކަތް ފެށުމަށް ތައްޔާރަށް. އެންމެން އެދޭ މަންޒިލަށް ވާސިލުވުމަށް، އެންމެނަށް ފައިދާކުރަނިވި ޙައްލުތަކެއް ހުށައެޅުމަށް.

ލަންޑަންގައި "އިންޓަރނޭޝަނަލް ޑައިވަރސިޓީ ފެސްޓިވަލް 2017" ނަމުގައި ބޭއްވި އިވެންޓުގައި ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބައިވެރިވެއްޖެއެވެ.

މި އިވެންޓުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން އިގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހިންގެވެސް ބައިވެރިވުމާއެކު ރާއްޖޭގެ އާދަކާދައާއި ރާއްޖޭގެ ސުފުރާގައި ފެންނަ ޚާއްސަ ކާބޯތަކެތި ތައްޔާރުކޮށް ހުށަހަޅައިދިނެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކޮށްދިނުމަށް ފަތުރުވެރިކަމާބެހޭ މައުލޫމާތު ފޯރުކޮށްދީ ލުއިފޮތާއި ކޮތަޅުތައް ބައިވެރިންނަށް ބަހަމުންގެންދިޔައެވެ.

އައިޑީއެފްއެލް 2017 އަކީ ލަންޑަން ފަދަ ތަހުޒީބުވެފައިވާ މުހިންމު ތަނެއްގައި ތަފާތު ނަސްލުތަކަށް އިޙްތިރާމް ކުރާކަމާއި އެއް ސިޓީއެއްގައި އެކުގައި ދިރިއުޅުމަށް ތަރުހީބުދޭ ކަން ރަމްޒުކޮށްދިނުމަށާއި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ގައުމުތަކުގެ ގުޅުން ބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން ވިޔަފާރިތައް ތަރައްގީކޮށް އާލާކުރެވިދާނެ ކަން ހާމަކޮށްދިނުމަށް "ބްރިޓިޝް، އިންޑިއަން، ޓަރކިޝް ބިޒްނަސް ފޯރަމް" ގެ ފަރާތުން އިންތިޒާމްކުރި އިވެންޓެކެވެ. މި އިވެންޓުގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އަދި 50 އަށް ވުރެގިނަ ވިޔަފާރިތައް ތަމްސީލުކޮށްފައިވެއެވެ.

ލަންޑަންގެ، ރޯޔަލް ބަރާ އޮފް ކެންސިންގްޓަން އެންޑް ޗެލްސީ ޓައުން ހޯލް ގައި ބޭއްވި މި އިވެންޓުގައި ދިހަ ގައުމަކުން އެ ގައުމުތަކުގައި ބޭނުންކުރާ ތަފާތު ކާނާތައް ތައްޔާރުކޮށް ހުށަހަޅައިދިނެވެ. މިގޮތުން ރާއްޖޭގެ ތަފާތު ރަހަތައް ދައްކުވައިދޭ ބާވަތްތައް ރާއްޖޭގެ ސްޓޯލުން ހުށައަޅައިދިނެވެ. އަދި ރާއްޖޭގެ ސްޓޯލަށް ގިނަ ބަޔަކު ޒިޔާރަތްކޮށް ވަރަށް ބޮޑު ތަރްޙީބެއް ލިބުނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މަގުބޫލުކަން އިގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި އިތުރު ކުރުމުގެ ގޮތުން "އެޑްވެންޗަރސް މޯލްޑިވްސް" ތީމް އިޝްތިހާރުކުރުމާއެކު، ރާއްޖެއާ ބެހޭ ވީޑިއޯއެއް އިވެންޓުގައި ދެއްކުމާއި އިވެންޓާބެހޭ މެގަޒިންގައި ރާއްޖެއާއި ބެހޭ މަޒުމޫނެއް ޝާއިއުކުރެވުނެވެ.

އިގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހިންގެ އެހީތެރިކަމާއެކު ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން އިނގިރޭސިވިލާތުގައި ބާއްވާ ތަފާތު މިފަދަ އިވެންޓުތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

ނޭޕާލް ގެ "ކޮންސްޓިޓިއުޝަން ޑޭ" ގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ނޭޕާލް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އޮނަރަބަލް ކްރިޝްނާ ބަހާދޫރް މަހާރާ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.