13 އޮކްޓޫބަރ 2013، މާލެ
ކޮމަންވެލްތުން ވަކިވުމަށް ދިވެހި ސަރުކާރުން މިއަދު ނިންމަވައިފިއެވެ. ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ، އުނދަގޫ، އެހެނަސް، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.
ކޮމަންވެލްތުގައި 1982 ވަނަ އަހަރު، ދިވެހިރާއްޖެ ބައިވެރިވީ، ވަރަށް ފޮނި އުއްމީދުތަކަކާއެކުއެވެ. އެޖަމުއިއްޔާއަކީ މެންބަރު ޤައުމުތަކަށް، ޚާއްސަކޮށް ކުދި ޤައުމުތަކަށް ދިމާވާ މުހިއްމު މައްސަލަތަކުގައި، އެއްބާރުލުމާއި އެހީތެރިކަން ހޯދުމުގެ މަސައްކަތްކުރަން ރަނގަޅު މާޙައުލެއްކަމަށް ދެކިގެންނެވެ.

29 ސެޕްޓެމްބަރ 2016

ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު އުފެދިފައިވާ ގުޅުން ވޭތުވެދިއަ އަހަރުތަކުތެރޭ އިތުރަށް ހަރުދަނާވެފައިވާކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަލްފާޟިލާ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އެކަަމަނާ މިހެންވިދާޅުވީ ޗައިނާ އެމްބަސީ އިން އިންތިޒާމްކޮށްގެން ހޮޓެލް ޖެންގައި ބޭއްވި އެޤައުމުގެ 67ވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަންފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށާއި އެޤައުމުގެ ރައްޔިތުންނަށް ޤައުމީދުވަހުގެ ތަހުނިއާ ދެންނެވިއެވެ. މީގެ އިތުރުން  ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ގުޅުންތަކަށް އަލިއަޅުއްވާލައްވާ ޗައިނާ އިން ދެއްވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވިއެވެ. އަދި ޗައިނާ –މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަކީ މި ދެ ޤައުމުގެ ގާތްގުޅުން ދައްކަވައިދޭ ރަމްޒެއްކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.

ނިއުޔޯކް: 23 ސެޕްޓެމްބަރ 2016

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާސިމް، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ބާންކި މޫން އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ އދ. ގެ މައި މަރުކަޒުގައި މިއަދު ހަވީރު 6:30 ގައެވެ.

މިބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ މައްސަލަތައް ކަމަށްވާ ކްލައިމެޓް ޗޭންޖާއި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ މައްސަލަތަކުގައި ދިވެހި ރާއްޖެއިން އަދާ ކުރަމުންގެންދާ އިސްދައުރަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވިއެވެ.

މިނިސްޓަރ އާސިމްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މާހައުލާ ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލްއަށް މައުލޫމާތު އެރުއްވިއެވެ. ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، ސިޔާސީ ޕާޓީ ތަކާއެކު ބާއްވާ މަޝްވަރާތަކުގައި އދ. އިން އަބަދުވެސް ރާއްޖެއަށް މަދަދުދީ، އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ފެނުގެ ޙާލަތާ ގުޅޭގޮތުން، ‏ ‏‏ބަންގްލަދޭޝް ސަރުކާރުން ‏‏ވެދެއްވެން އޮތް އެޙީތެރިކަމެއް ‏‏ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔމަށް ‏ދެއްވައިފި‏އެވެ. ބަންގްލަދޭޝް ސަރުކާރުން މިޔަޤީންކަން ‏‏ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ‏‏ރައީސުލްޖުމްހޫރިއްޔާއާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.‏

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިންގަޕޫރަށް ‏‏ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މައްޗަންގޮޅީ ރެސްޓިންގ ހައުސް ފާޠިމަތު ޢިނާޔާ ޢައްޔަން ‏‏ކުރައްވައި، އެކަމަނާއަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، ބުދަ ދުވަހު ‏‏ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

.‏‏ފާޠިމަތު ޢިނާޔާ‏، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ‏‏ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ ‏‏މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ