ބޫޓާން ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ބޫޓާން ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ލިޔޮންޕޯ ދަމްޗޯ ދޮރްޖީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ  މެސެޖުގައި، ބޫޓާން ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ބޫޓާން ގެ ސަރުކާރާއި ރައްޔިތުންނަށް، މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ބޫޓާން ގެ ރަސްގެފާނު ޖިގްމޭ ކޭސަރް ނަމްގިއޭލް ވަންގްޗުކް ގެ ލީޑަރޝިޕްގެ ދަށުން ބޫޓާން އަށް އައިސްފައިވާ ކުރިއެރުމަށް ތަޢުރީފް ކުރައްވާފައިވެއެވެ.

އަދި ދިވެހިރާއްޖެ އާއި ބޫޓާން އާ ދެ ޤައުމުގެ ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ބަދަހި ވެގެންދާނޭކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ބޫޓާން ރައްޔިތުންނަށް ފާގަތި ކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.