ޖަޕާން އަށް ދަތުރުކުރުމަށްޓަކައި ބޭނުންވާ ވިސާ، 11 ނޮވެމްބަރ 2017 އިން ފެށިގެން މާލޭގައި ހުންނަ ޖަޕާން އެމްބަސީން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.


މިގޮތުން ވިސާ އެޕްލިކޭޝަން ބަލައިގަތުމާއި ވިސާ ދޫކުރުން ކޮންމެ ހަފްތާއެއްގެ އާދީއްދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 1000 އިން މެންދުރު 1200 އަށް އަދި މެންދުރު ފަހު 1400 އިން ހަވީރު 1600 އަށް އޮންނާނެއެވެ. ވިސާ އާއި ގުޅޭ އިތުރު ތަފްސީލް މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ ވެބްސައިޓް (www.mv.emb-japan.go.jp) އިން ލިބިވަޑައިގަންނަވާނެއެވެ.