ދަ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ ސްޓޭކްހޯޑަރ އެވެއާންސް ޕްރޮގްރާމްގެ ދަށުން އިންތިޒާމުކޮށްގެން މިނިސްޓްރި އޮފް ޖެންޑަރ އެންޑް ފެމިލީގެ މުވައްޒަފުންނަށް ކޮމިއުނިކޭޝަންސް އަދި ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމުގައި އަލިއަޅުވާލެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ޑިޕްލޮމެޓިކް ޕްރޮޓޮކޯލާއި އިނގިރޭސި އަދި ދިވެހި ބަހުގެ ރަސްމީ ލިޔުންތަކުގެ މައްޗަށެވެ.  މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުގެ މުވައްޒަފުންނަށް ހިންގި މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ މިނިސްޓްރީގެ އެކި މުވައްޒަފުންނެވެ.

ފޮސިމްގެ ސްޓޭކްހޯލްޑަރ އެވެއަރނަސް ސީރީސްއަކީ ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްތަކެވެ. 16 ޖެނުއަރީ 2014 ގައި ފޮސިމް އުފެއްދެވުމާއެކު، މި ޕްރޮގަރާމްގެ ދަށުން ޑިޕްލޮމަސީ، ޚާރިޖީ ސިޔާސަތު، ޑިޕްލޮމެޓިކް ޕްރޮޓޮކޯލް އަދި އެޓިކެޓު ޓްރެއިނިންގ ސެޝަންވަނީ ހިންގާފައެވެ.