ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެންބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަދި އެތައް ބައެއް ގެއްލިފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލެންސީ ރޭމަންޑް ޝިބަންޑާ ޓުގަމުލޮންގާ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި  ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށާއި އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ.