އިނގިރޭސިވިލާތުގެ އެމްބަސީއާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ދިވެހިރާއްޖޭގައި ގާއިމްކުރާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރގައި މާދަމާ ޙިދުމަތްދޭން ފަށާނެއެވެ. މިސެންޓަރގައި ޙިދުމަތްދޭ ގަޑިތަކަކީ، 16 އަދި 17 އޯގަސްޓް 2017 ގެ ހެނދުނު 09:00 އިން ހަވީރު 17:00 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

މިވަގުތީ ވިސާ ސެންޓަރއަކީ އިނގިރޭސިވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް، ހާއްސަކޮށް އިނގިރޭސިވިލާތަށް ކިޔަވަން ވަޑައިގަންނަވާ ދަރިވަރުންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ދެވޭ ޚިދުމަތެކެވެ. ވުމާއެކެ މިފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ފަރާތްތަކުން ކުރެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ވިސާގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމާ ގުޅިގެން، އިނގިރޭސި ސަރުކާރަށް، ދިވެހި ސަރުކާރުން ޝުކުރުއަދާ ކުރައްވައެވެ.