އިންޑިއާގެ  މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހަރ އެކްސަލެންސީ ސުޝްމާ ސުވަރާޖްއަށް މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ އެ މެސެޖުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ތަޙުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާއި އިންޑިއާއާއި ދެޤައުމުގެ ޒަމާންވީ ގާތް ރަޙުމަތްތެރި ގުޅުމަށް އަލި އަޅުއްވާލައްވާފައިވެއެވެ. އަދި މިގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށާއި، ސައުތު އޭޝިއާ ސަރަޙައްދުގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއެކު މަަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައިވެއެވެ.