ބުރުކީނާ ފާސޯގެ ވެރިރަށް އޯގަދޫގޫގައި ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެތައް ބަޔަކު މަރުވެ، އެތައް ބައެއް ޒަޚަމްވެފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  ބުރުކީނާ ފާސޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލެންސީ އަލްފާ ބެރީއަށް މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ  މެސެޖުގައި  މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ، މި ޚަބަރު އައްސަވާފައިވަނީ ކުއްލި ސިހުމަކާއި ފުން ހިތާމަ އާއިއެކުގައި ކަމަށާއި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުންނިޔާވި ފަރާތްތަކުގެ ޢާއިލާ އަށާއި ބުރުކީނާ ފާސޯ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ