މިސްރުގެ އިސްކަންދަރިއްޔާގައި ފަސިންޖަރުން އުފުލާ ދެ ރޭލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެތައް ބަޔަކު މަރުވެ، އެތައް ބައެއް ޒަހަމް ވުމާގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  މިސްރުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިސް އެކްސަލެންސީ ސާމެހް ޙަސަން ޝޯކްރީ ސަލީމަށް މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ އެ މެސެޖުގައި  މި ޚަބަރު އައްސަވާފައިވަނީ ކުއްލި ސިހުމަކާއި ފުން ހިތާމަ އާއިއެކުގައި ކަމަށާއި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުންނިޔާވި ފަރާތްތަކުގެ ޢާއިލާ އަށާއި އަދި މިސްރުގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ