9 އޮގަސްޓް 2017، މާލެ،

ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމުކޮށްގެން ބާއްވާ ޝޯޓު-ޓަރމް ޓްރެއިނިންގް ޕްރެޒެންޓޭޝަން ސީރީސް ގެ ތެރެއިން ބޭއްވި މި ސެޝަންގައި ޗައިނާގައި ބޭއްވި އިންޓަރ-މިނިސްޓްރީއަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިންގެ ތަޖުރިބާއާއި ދަތުރުގެ ރިކަމެންޑޭޝަންތައް ހިއްސާ ކުރިއެވެ.

ޗައިނާއަށް ވަޑައިގެން ވަފްދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ އައިމިނަތު ޢަބްދުﷲ ދީދީ. އަދި ދެން ބައިވެރިވެވަޑައިގަތީ މިނިސްޓްރީގެ ޑިރެކްޓަރުން ކަމުގައިވާ އަލްފާޟިލް ޢަބްދުﷲ މުފީދާއި އަލްފާޟިލާ ލައުޒާ އަލީ އާއި އަލްފާޟިލް އަޝީރު ޢަބްދުލްއަޒީޒާއި އަލްފާޟިލާ މަރިޔަމް މިދުފާ ނައީމާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް ހަސަން އާދަމެވެ.

މި އެކްސްޗޭންޖް ޕްރޮގްރާމަކީ ދެ ޤައުމުގެ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްދާ ކޯޕަރޭޝަން ޕްރޮގްރާމްގެ ތެރެއިން ބޭއްވުނު ޕްރޮގްރާމެއް. މި ދަތުރުގެ ބައިވެރިން ވަނީ ޗައިނާ ސަރުކާރާއި ތިންކު ޓޭންކްތަކާއި ބައްދަލުކުރައްވާފައި. އަދި ޔުނާން ޕްރޮވިންސްގެ ވެރި ރަށް ކުން މިންއަށް ޒިޔާރަތްކޮށް، އެ ޕްރޮވިންސްގެ އިސް ވެރިންނާ ބައްދަލުކޮށް އެ ޕްރޮވިންސްގެ ޘަޣާފަތްތަކާއި އާދަކާދަތަކާއި އިޤްތިޞާދީ ތަރައްޤީއަށް ކުރަމުންދާ ތަފާތު މަސައްކަތްތައް ބަލާފައެވެ.