ޖުލައި 2017 26

ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 ވަނަ އަހަރު ފުރޭ މުނަސަބާ ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ދިވެހި ޤައުމީ ދިދަނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު 09.00 ގައި ބޭއްވުނެވެ. މިރަސްމިއްޔާތުގައި ދިވެހި އެމްބަސީގެ މުވައްޒަފުންނާއި، ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ ގެ މުވައްޒަފުންނާއި ސްރީލަންކާގައި ކިޔަވަންތިބި ދިވެހި ކިޔަވާ ކުދިންނާއި ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ބައެއް ދިވެހި ރައްޔިތުން ބައިވެވަޑައިގެންނެވިއެވެ.

 

ކީރިތި ޤުރުއާންގެ ބަރަކާތުން ފެށުނު މިރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ނަންގަވާދެއްވީ، މިޝަންގެ މިނިސްޓަރ ކައުންސެލަރ އަލްފާޟިލާ ޚަދީޖާ ނަޖީހާއެވެ. ދިދަ ނެގުމަށްފަހު ގައުމީ ސަލާން ކުޅެވުނެވެ، އަދި އެއަށް ފަހު ރަސްމިއްޔާތަށް ވަޑައިގެންދެއްވި އެންމެހާ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮ އެދުމާއި، ތަހުނިޔާ އަރިސްކުރެވިއެވެ.