ޖަރުމަނުވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ދިވެހި ސަރުކާރުން ޖަރުމަނު ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، 7 ދުވަހުގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޚާރިޖިއްޔާ އުފެދުނުތާ 85 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމެވެ.

 'މޯލްޑިވްސް މިއުޒިކަލް އިވްނިންގ 2017' ގެ ނަމުގައި ވަރަށް ޚާއްޞަ މިއުޒިކް ޝޯވއެއް ޕާކިސްތާނުގައި ބާއްވައިފިއެވެ. މި ޝޯވއަކީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ސަގާފީ ދާއިރާއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއާ، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާ ޕާކިސްތާނުގެ ނެޝަނަލް ކައުންސިލް ފޯ އާރޓްސްއާ ގުޅިގެން ބޭއްވުނު ޝޯވ އެކެވެ.

ޖަޕާން އަށް ދަތުރުކުރުމަށްޓަކައި ބޭނުންވާ ވިސާ، 11 ނޮވެމްބަރ 2017 އިން ފެށިގެން މާލޭގައި ހުންނަ ޖަޕާން އެމްބަސީން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.