އިންޑިއާއަށް ދަތުރުކުރައްވާ ދިވެހި ލޮބުވެތި ރައްޔިތުންގެ ސަމާލުަކަމަށް

އިންޑިއާއަށް ދަތުރުކުރައްވާ ދިވެިހ  ލޮބުވެތި ރައްޔިތުންެގ ސަމާލުކަމަށްޓަކައި މީގެކުރިން މިނިސްޓްީރ އޮފް ފޮރިން އެފެއާޒުްނ ވެސް މައުލޫމާތު ދެއްވާފައިވާނެ ފަދައިން، އިންޑިއާއަށް ދަތުރުކުާރ އެހެން ޤައުމުތަކުގެ ރައްޔިތުން، އިންޑިއާއަށް އެތެރެވާތާ  ގަޑިއިރުގެ ތެރޭގައި އެފަރާތެއްގެ ނިދުމުގެ ކަންތަ ްއ  ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ިބއުރޯ އޮފް އެމިގްރޭޝަންގެ 24 ވެބްސައިޓް ގައިވާ "ސީ-ފޯމް" ުފރިހަމަކުރުމަކީ މިދެންނެވި ބިއުރޯިއން ލާޒިމްކުރާ ކަމެކެވެ. "އަދި "ސީ-ފޯމް" އަކީ އިންޑިއާގެ (http://www.boi.gov.in/content/form ބިއުރޯ އޮފް އެމިގްރޭޝަންގެ ެވބްސައިޓް - މެދުވެރިކޮށް އޮންލައިންޮކްށ c) ފުރިހަމަކުރާ ފޯމެކެވެ.

މިވާހަކަ އަލުން މިއެމްބަސީން މިތަކުރާރުކޮށްލީ މިދެންނެވި "ސީ-ފޯމް" ފުރިހަމަކޮށްފައި ނެުތމުގެ ސަބަބުން އިންޑީއާއަްށ ދަތުރުކުރައްވާ ދިވެހިންނަށް ބައެއްފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނާތީއެވެ. މިގޮތުން "ސީ-ފޯމް" ފުރިހަމަ ކުރެއްވުމުގެ އިތުރުން އިންޑިއާއަށް ވަޑައިގެންނެވުމަށްފަހު ވީއެންމެ އަވަސް ފުރުސަތެއްގައި އެބޭފުޅެއްގެ މަޢުލޫމާތު، މިއެމްބަީސ ނުވަތަ ޓްރިވެންޑްރަމްގައި ހުްނނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާ ޙިއްޞާކުރެއްވުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ. މިހެން މިދަންނަވާލީ، އިސްވެ ދެންނެވި ފަދަ ދަތިތައް ކުރިމަިތވެ ވަޑައިގަންނަވާ ދަނޑިވަޅުތަކުގައާއި، ކުއްލި ޙާލަތެއް މެދުވެރިވެގެން ނުވަތަ ކޮންސިއުލަރ ޚިދުމަތެއް ހޯއްދެވުމަށް މި އެމްބަސީ ނުވަތަ ޓްރިވެންޑްރަމުގައި ހުންނަ ދިވެހިރާއްޖޭ ެގ  ކޮންސިއުލޭޓުގެ އެހީތެރިކަމަ ްށ ބޭނުންފުޅުވެ ވަޑައިގަ ްނނަ ާވ  ވަގުތުތަކުގައި އަވަސް ޚިދްމަތެއް ފޯރުކޮށް ދިނުމުގަ ިއ  ފަސޭހަވާނެކަމަށް ފެންާނތީއެވެ.

ވީމާ، އިންޑިއާއަށް ދަތުރުކުރެ ްއވުމަށް ވިސާ ހޯއްދަވައިގެން ވަޑައިގަންނަވާ ބޭފުޅު ްނނާއި ަދތުރުގެ ކުރިން ވިސާއެއް ހޯއްދެވުމަކާނުލާ "ފްރީ ވިސާ" ގައި އިންޑިއާއަށް ޒިޔާރަތްކުރައްވާ އެންމެހާ ދިވެހީން މިއެމްބަ ސީގައި ނުވަތަ ޓްރިވެންޑްރަމް ގައި ހުންނަ ދިވެހިރާއްޖޭގެ ކޮްނސިއުލޭޓްގައި ރަޖިސްޓްރީ ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ަކމުގައި ދަންނަވަމެވެ. އަ ިދ  ރެޖިސްޓްރޭޝަން ފޯމް މިއެމްބަސީންނާއި ޓްރިވެންޑްރަމް ގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުންނާއި އަދި މި އޮފީސްތަކުގެ ވެބްސައިޓުން ލިބިވަޑައިގަންނަާވެނ ވާހަކަ ދެންނެވީމެވެ.

ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީ

ކޮންސިއުލަރ ޚިދްމަތް

ޢަލީ ސާޖިދު، ތަރޑް ސެކްރެޓަރީ

ފޯން: +    919871186786

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން 'ސީ ފޯމް' ފުރިހަމަ ކުރުމާ ގުޅޭ

އިންޑިއާއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުން، އިންޑިއާއަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި އެފަރާތެއްގެ ނިދުމުގެ ކަންކަން ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް ގައިވާ "ސީ-ފޯމް" ފުރިހަމަކުރުމަކީ މިދެންނެވި ބިއުރޯއިން ލާޒިމްކުރާ ކަމެއްކަމުގައި އިންޑިއާއަށް ދަތުރުކުރައްވާ އެންމެހާ ދިވެހިރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އަދި ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފިނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައިވެސް އިސްވެ ދެންނެވި "ސީ-ފޯމް" ފުރިހަމަ ކުރަންޖެހޭނެ ކަމުގައި ދަންނަވަމެވެ. މިވާހަކަތައް މިދަންނަވާލީ، އިންޑިއާ އަކީ ގިނަ އަދެދެއްގެ ދިވެހިން ތަފާތު ބޭނުންތަކުގައި ޢާންމުކޮށް ދަތުރުކުރާ ޤަޢުމަކަށްވެފައި، މަތީގައި ދެންނެވި "ސީ-ފޯމް" ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އިންޑީއާ އަށް ދަތުރުކުރާ ދިވެހިންނަށް ބައެއްފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވޭތީއެވެ.

"ސީ-ފޯމް" އަކީ އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭ ފޯމެކެވެ. އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް (http://www.boi.gov.in/content/form-c) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެމައިން ނިދުމުގެ ކަންކަން ހަމަޖައްސާ ތަންތަނުގެ ތެރޭގައި ހޮޓާ، ގެސްޓްހައުސް، އަމިއްލަ ފަރާތްތަކުގެ ގެ އެޕާޓްމަންޓް، ޔުނިވަރސިޓީ، ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.

އިސްވެ ދެންނެވި ތަންތަނުގެ ތެރެއިން ހޮޓާ، ގެސްޓްހައުސް، ފަދަ ޢާންމުކޮށް "އެކޮމަޑޭޝަން" ޚިދްމަތްދޭ ތަންތަނުން އެތަނެއްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް "ސީ-ފޯމް" ފުރިހަމަ ކުރެއްވި ނަމަވެސް، އަމިއްލަ ފަރާތްތަކުގެ ގެ، އެޕާޓްމަންޓް ނުވަތަ ކުއްޔަށް ހިފާފައިހުރި ގެއެއް ނުވަތަ އެޕާޓްމަންޓެއްގައި ނިދުމުގެ ކަންކަން ހަމަޖައްސާނަމަ، އެގެއެއް ނުވަތަ އެޕާޓްމަންޓެއްގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން މިދެންނެވި "ސީ-ފޯމް" ފުރިހަމަކުރެއްވުމަށާއި އަދި ދަތުރުވެރިޔާވެސް މިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، އިންޑިއާ އަށް ދަތުރުކުރާ ދިވެހިން، އެ ޤަޢުމަށް އެތެރެވާތާ 24 ގަޑިއިރު ތެރޭގައި ނިދުމުގެ ކަންތައް ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންއަށް ހުށަހަޅަންޖެހޭ "ސީ-ފޯމް" ހުށަހަޅާތޯ ޔަޤީން ކުރުމަށާއި، ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފިނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައިވެސް އިސްވެ ދެންނެވި "ސީ-ފޯމް" ހުށަހަޅާތޯ ޔަޤީން ކުރުމަށާއި، އެ ޤަޢުމުގެ އެންމެހާ ޤަވާއިދުތަކާއި ޢާންމު މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އަދި އެ ޤަޢުމުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކާއި އިރުޝާދުތަކަށް ސަމާލުކަންދީ އެކަންކަމަށް ޢަމަލުކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވެމެވެ.

އިންޑީއާގައި އުޅުއްވާއިރު ކޮންސިއުލަރ އެހީތެރިކަން ބޭނުންވާ ފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ތިރީގައިވާ ދަންނަވާފައިވާ ނަންބަރަކާ ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ.

 

މާލޭގައި ނަމަ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ހޮޓްލައިން: 7983400

 

އިންޑިއާގައި ނަމަ: 0091 9847702554


ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާއިރު ސަމާލުކަން ދެއްވަންވީ މުހިންމު ކަންތައްތައްް  

  • ދަތުރު ކުރެއްވުމުގެ ކުރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވައި، ދިވެހި ރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމަކަށް ވަޑައިގަންނަވާނަމަ، އެ އެމްބަސީ ގައި ރަޖިސްޓްރީ ކުރައްވާ.

 

  • ވިސާ ބޭނުންވާ ޤައުމަކަށް ދަތުރުފުޅު ކުރައްވާނަމަ، ބޭނުންފުޅުވާ މުއްދަތަށް ވިސާ ލިބިވަޑައިގެންފައިވޭތޯ ޔަޤީން ކުރައްވާ.

 

  • ޕާސްޕޯޓުގެ މުއްދަތު ހަމަނުވެ 6 މަސް އޮތްތޯ ބައްލަވާ.

 

  • ޕާސްޕޯޓްގައި މަދުވެގެން 2 ސަފްޙާ ހުސްކޮށް އޮތްތޯ ބައްލަވާ.

 

  • ޕާސްޕޯޓާއި އައި.ޑީ.ކާޑު ފަދަ މުހިންމު ލިޔުންތަކުގެ ކޮޕީ ނެންގެވުމަށްފަހު އަތްޕުޅުގައި ގެންދަވާ. އަދި މި ތަކެތި ފަރުވާތެރިކަމާއެކުު ބަލަހައްޓަވާ.

 

  • ފުރާވަޑައިގަތުމުގެ ކުރިން ފްލައިޓް ތަފްޞީލާއި، ހުންނަވާ ތަނެއްގެ އެޑްރެހާއި އަދި ގުޅޭނެ ނަންބަރު ފަދަ މަޢުލޫމާތު އާއިލާ އާ ނުވަތަ ގާތް ފަރާތަކާ ޙިއްސާކުރައްވާ. އަދި، ވަޑައިގަންނަވާ ޤައުމުން އެހެން ޤައުމަކަށް އިތުރު ދަތުރުފުޅެއް ކުރައްވާނަމަވެސް، މިފަދަ މަޢުލޫމާތު އާއިލާ އާ ނުވަތަ ގާތް ފަރާތަކާ ޙިއްސާކުރައްވާ.

 

  • ޕާސްޕޯޓާއި އެހެނިހެން އަގު ބޮޑެތި ތަކެއްޗަށް ސަމާލުކަން ދެއްވައި، ރައްކާތެރިކަމާއެކީ ބަލަހައްޓަވާ.

 

  • ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ޕާސްޕޯޓް ގެއްލިއްޖެނަމަ، އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ޕޮލިސް ރިޕޯޓެއް ހޯއްދަވާ. އަދި ވެވަޑައިގެން އެންމެ އަވަހަކަށް އެ ޤައުމެއްގައި ހުންނަ ދިވެހި މިޝަނަކަށް އެކަން އަންގަވާ.

 

  • ވިސާ ގެ މުއްދަތު ހަމަވުމުގެ ކުރިން، ވަޑައިގަންނަވާ ޤައުމަކުން ފުރާވަޑައިގަތުމަށް ސަމާލުކަން ދެއްވާ. އަދި، ވިސާ އިތުރު ކުރައްވަން ބޭނުންފުޅުނަމަ، މުއްދަތު ހަމަވުމުގެ ކުރިން އެ ޤައުމެއްގެ ކަމާބެހޭ މުއައްސަސާއަކަށް ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވުމަށް ސަމާލުކަންދެއްވާ.

 

  • ރާއްޖެއިން ބޭރުގައި އުޅުއްވާއިރު، އެ ހުންނަވާ ޤައުމެއްގެ ޤާނޫނާއި ޤަވައިދުތަކާއި އަދި ޢާންމު ޢުޞޫލުތަކާއި މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ސަމާލުކަންދެއްވާ.